މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވޭ: ސްޓެލްކޯ
މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުގައި އެކުންފުނިން މާލޭ ސިޓީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަމުގެ މަސައްކަތް ކުރަމުން ދާތީ، މާދަމާ ހެނދުނު 09:30 އާއި 11:30 ދެމެދު ޖަންބު މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް