ސިޔާސީ ކަންކަމަށް ހުސްވުމަށް ޖާާބިރު ޔޮޓްޓުއާސްއިން އިސްތިއުފާ ދެއްވަނީ
ސިޔާސީ ކަންކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށްޓަކައި އަމިއްލަ ވިޔަފާރި ކުންފުނިކަމުގައިވާ ޔޮޓް ޓުއާސްގެ ޗެއަރމަންކަމުން އިސްތިއުފާ ދެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޫހެއްކަމުގައިވާ "ސަން"އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ ޔޮޓް ޓުއާސް އިން އިސްތިއުފާ ދޭން ނިންމީ ސިޔާސީ ކަންކަން ހަރުދަނާކޮށް ކުރިއަށްގެންދިއުމަށެވެ.
ޔޮޓް ޓުއާސްގެ ޗެއަރމަންކަމުން ޖާބިރު އިސްތިއުފާ ދިނުމުގެ ކުރިން ކުރަންޖެހޭ ގިނަ ކަންކަން އެކުންފުނިން ދަނީ ކުރަމުންނެވެ.
އެގޮތުން މިހާރު ކުންފުނީގެ ލިޔެ ކިޔުންތައް ބަދަލުކޮށް، ކުރަން ޖެހޭ ކަންތައް ކުރަމުންދާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
" ޑޮކިއުމަންޓްސްތައް ހަމަ ޖެހުމުން ވަގުތުން އިސްތިއުފާ ދޭނަން" ޖާބިރު ވިދާޅުވިއެވެ.
ސިޔާސީ ކަންކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް ޔޮޓް ޓުއާސްއިން އިސްތިއުފާދޭން ޖާބިރު ނިންމެވިއިރު، މިމަހުގެ 26 ވަނަ ދުވަހު އެބޭފުޅާ ވަނީ ޑީއާރްޕީއަށް ސޮއިކުރެއްވުމަށްވެސް ނިންމަވާފައެވެ. ޖާބިރާއި އެކު މަޖިލީހުގެ އެހެން ދެ މެންބަރަކުވެސް ޑީއާރްޕީއަށް ސޮއިކުރާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް