ޚުތުބާގައި ނިއުޒިލޭންޑްގައި ދިން ޓެރަރިސްޓް ހަމަލާގެ ވާހަަކަ ނުގެނައުމުން ޝަހީމް ފާޑުވިދާޅުވެއްޖެ
ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ނިއުޒިލޭންޑްގެ ކްރިސް ޗާޗުގެ މިސްކިތްތަކަށް ދިން ޓެރަރިސްޓް ހަމަލާގެ ވާހަކަ ނުގެނައުމުން އެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފާޑުވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ މުސްލިމުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ޑރ.ޝަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުކުރު ހުތުބާ ނިއުޒީލެންޑަށް ހާއްސަ ކުރިނަމަ އެކަން ވަރަށް މުނާސަބު ވީ ކަމަށެވެ.
ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޝަހީމް ވިދާޅުވި ގޮތުގައި، ނިއުޒިލޭންޑްގެ ކްރިސްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާ އަކީ ފަހުގެ ތާރީހެއްގައި ނަމާދަށް ތިއްބާ ބަޔަކަށް މިސްކިތް ތެރޭގައި ގަސްތުގައި ދިން ވަރުގަދަ ހަމަލާއެއް ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ﷲ އަށްޓަކައި ކަންކަން ކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް