ލ. ގަމުގައި ދުއްވަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ލ. ގަމު މާންދޫގައި ދުއްވަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
ލ. ގަމު މާންދޫގެ ލިންކް ރޯޑުގައި ދަތުރުކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާ ހިނގި އިރު ކާރު ދުއްވަން އިން ޑްރައިވަރު ސަލާމަތްވެފައިވާއިރު، ފުލުހުންގެ މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. އަދި މިހާރު ވަނީ އަލިފާން ނިއްވާލާފައެވެ.
މި ހާދިސާ ހިނގި ސަބަބު އަދި ސާފެއް ނުވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް