އެމްއެމްއޭ ކައިރީ ޕާކިންގް ޒޯންއެއް ތަރައްގީކުރަނީ
އެމްއެމްއޭގެ އިމާރާތުގެ ކައިރީގައި ޕާކިންގް ޒޯންއެއް ތަރައްގީކުރަން ފަށައިފިއެވެ.
މި ޕާކިންގް ޒޯން ހަދަމުންދަނީ ކުރީގައި އެމްޓީސީސީގެ އިމާރާތެއް ހުރި ބިމުގައެވެ.
މީޑިޔާތަކަށް މައުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ، މިއީ ވަގުތީ ޕާކިންގް ޒޯނެއްކަމަށާއި، މިއީ އެއްގަމު ތޮށިގަނޑު ކައިރީގައި ސައިކަލްތައް ޕާކްކޮށްފައި ހުރުމުން ދަތުރުވެރިންނަށްވާ އުނދަގޫ މަދުކޮށްދިނުމަށް ހަދާ ތަނެއްކަމަށެވެ.
ޝިފާ ވަނީ ހުޅުމާލޭ ފެރީ ޓާރމިނަލް، ދަތުރުވެރިން ފުރުމަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސޭތޯވެސް މަސައްކަތް ކުރަމުންދާކަމަށް ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް