ހުޅުމާާލޭ ވޯޓާ ތީމް ޕާކްގެ މަސައްކަތް އަަންނަ އަހަަރަށް ނިންމާލަނީ
އެޗްޑީސީން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ވޯޓާ ތީމް ޕާކްގެ މަސައްކަތް، އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެކަމަށް އެކުންފުނިން ބުނެފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ސަން"އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ އެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިމެނޭނެކަމަށް އެ މަސައްކަތް ކުރަމުންދާ މެލޭޝިޔާގެ ކުންފުނިން ބުނެފައިވާ ކަމަށެވެ.
މެލޭޝިޔާގެ މިރީ ހައުސިންގް ޑިވެލޮޕްމެންޓް ސެންދިރިއަން ބަރުހާދާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2018ވަނަ އަހަރުގައި ނިންމުމަށެވެ. ނަމަވެސް ދިމާވި ޓެކްނިކަލް ދަތިތަކަކާއި ގުޅިގެން ވޯޓާ ތީމް ޕާކް ތަރައްގީކުރުމުގެ މަސައްކަތް މަޑުޖެހުނެވެ.
މި މަަސައްކަތުގެ ޖުމްލަ އަގަކީ 25 މިލިޔަން ޑޮލަރެވެ.
ހުޅުމާލޭގައި ތަރައްގީކުރެވޭ މި ވޯޓާ ތީމް ޕާކް ހުޅުވޭއިރު އެތަނުގައި ފުޑް އެންޑް ބެވެރޭޖް އައުޓްލެޓްތަކާއި ހޮޓަލެއްވެސް ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް