އުމަރު ނަސީރު މޯދީއަށް: ތޯފާ ސޭ ޒްޔާދާ ދޭޝް ޕްޔާރާ ހޭ!
ދިވެހިންނަށް ހަދިޔާއަށްވުރެ މުހިންމީ ގައުމުކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.
އުމަރު މިހެން ވިދާޅުވީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އެޑްރެސްކުރައްވާ އާންމުކުރެއްވި ވީޑިޔޯއެއްގައެވެ.
ހިންދީ ބަހުން ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މީގެ 8އަހަރު ކުރިން ހެލިކޮޕްޓަރަކާއި އެކު އިންޑިޔާގެ ސާޅީސް ސިފައިން ރާއްޖެއަށް އައިކަމަށެވެ.
އެފަރާތްތައް ރާއްޖެއަށް އައީ ހެލިކޮޕްޓަރެއް ދިނުމުގެ ވައުދާއި އެކުގައިކަމަށް އުމަރު ވިދާޅުވިއެވެ. ނަަމަވެސް މި ހެލިކޮޕްޓަރު ދިވެހިންނަށް ދީފައިނުވާ ކަމަށާއި އެ ސިފައިން އަނބުރާ އިންޑިޔާއަށްވެސް ގޮަސްފައިނުވާނެކަމަށެވެ.
Since, PM Modi is not going to meet the opposition, here is our message to His Excellency PM Modi. @narendramodi @PMOIndia pic.twitter.com/ul0LV5qiBz
— Umar Naseer (@UmarNaseerMV) June 8, 2019
އުމަރު ވަނީ ހެލިކޮޕްޓަރު ދޭން ބޭނުންވާނަމަ އޭތި ދިނުމަށް މޯދީއަށް ގޮވާލައްވައި، ދޭން ބޭނުންނުވާނަމަ ސިފައިން ގޮވައިގެން އަނބުރާާ ދިއުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް