ޝެއިހަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި ހަދާފައިވާ ޕޯސްޓަރެއް
ޝެއިހަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި ހަދާފައިވާ ޕޯސްޓަރެއް
ހަބަރު 15 Dec 2025 | 20:19

ދިވެހީންގެ އެހީ ޝެއިޚަށް: އެންމެ 13 ގަޑިއިރުން 4 ލައްކަ ހަމަވެއްޖެ

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ޝައިޚް މުހައްމަދު އިބްރާހީމަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އާންމުންގެ އެހީތެރިކަން ހޯދުމަށް ފަށާފައިވާ މަސައްކަތަށް އަމާޒުކުރި ފައިސާގެ އަދަދު އެންމެ 13 ގަޑިއިރުގެ ތެރޭގައި ހަމަވެއްޖެ އެވެ.

ޝެއިހުގެ ދެ ލޮލުގެ ފެނުން ގެއްލި އެކަމަށް ފަރުވާ ހޯދުމަށް އާންމުންގެ އެހީތެރިކަން ހޯދުމަށް "އެހީ" ޖަމިއްޔާއިން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ. "އެދިހަ" ނަމުގައި ހާއްސަ ޕޯޓަލެއް ވެސް ވަނީ ހަދާފަ އެވެ.

އެ ޕޯޓަލުން ފައިސާ ލިބެ މިންވަރު ވަގުތުން ބަލާލެވޭނެ އެވެ. އެހީ ޖަމިއްޔާއިން ބުނާ ގޮތުން ޝެއިހްގެ ފަރުވާގެ ފުރަތަމަ ދަތުރަށް 20،000 ޑޮލަރު ބޭނުންވެ އެވެ. އެހެން ކަމުން އެ ފައިސާ ހޯދުމުގެ މަސައްކަތް އިއްޔެ ފެށިއެވެ.

އެއާއެކު އެންމެ 13 ގަޑިއިރުގެ ތެރޭގައި 400،000 ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

ފަރުވާ އިން ޝެއިޚްގެ ލޮލަށް ފެންނާނެ ކަމުގެ ބޮޑު އުންމީދެއް އެބަ އޮތެވެ.

ޝައިޚް މުހައްމަދު އިބްރާހީމް

ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވާ ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި އިލްމުވެރީން ކުރަމުން ގެންދަނީ ބުރަ މަސައްކަތްތަކެކެވެ. ތައުރީފު ހައްގު މަސައްކަތްތަކެވެ. ބައެއް އިލްމުވެރީން, އެ ބޭފުޅުންގެ ވަރަށް ގިނަ ވަގުތު ހޭދަ ކުރައްވަނީ ދައުވަތު ފެތުރުމުގަ އެވެ. އާންމުންނަށް ނޭންގޭ ކަންކަން އޮޅުންފިިލުވައި ދިނުމުގަ އެވެ. އާންމުން ފޮނުވާ އެކި ސުވާލުތަކަށް ޖަވާބު ދިނުމުގަ އެވެ.

އެފަދަ އެއް ބޭފުޅަކީ އައްޝައިޚް މުހައްމަދު އިބްރާހީމް (ނައިފަރީ) އެވެ. އެއީ އާދަޔާ ހިލާފު ޝަހުސިއްޔަތެކެވެ. ދިރިއުޅުމުގެ ހާލަތު ކޮންމެ ގޮތަކަށް ބަދަލުވީ ނަމަވެސް ދައުވަތުގެ މައިދާނުގައި ސާބިތުވެ ހުންނެވި ހިތްވަރު ގަދަ އިލްމުވެރި އެކެވެ.

ދާދި ފަހަކާ ޖެހެން ޝެއިހް މުހައްމަދު އިބްރާހިމަކީ ނައިފަރުގެ ފަހުރު ކަމުގައިވި މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސެކެވެ.  އެ ވަޒީފާގައި 17 ވަރަކަށް އަހަރު ހޭދަ ކުރެއްވި އެވެ. ނަމަވެސް ޝެއިހްގެ ލޮލަށް ސިއްހީ މައްސަލަތަކެއް ދިމާވެ ދެ ލޮލުގެ ފެނުން ގެއްލުނެވެ.

އެހެން ކަމުން ވަޒީފާއާ ދުރަށް ދިއުމަށް މަޖުބޫރުވި އެވެ. ލޮލުގެ ފަރުވާއަށް މިދިޔަ ދެތީން އަހަރު ޝެއިހް ހުންނެވީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއާ ދުރުގަ އެވެ.

ނަމަވެސް ޝެއިހްގެ އިލްމީ މަސައްކަތަށް ވީ މިންވަރަކުން ވަގުތު ދެއްވަ އެވެ. ރަށުގައި ހުންނަނަމަ ކޮންމެ ހަފްތާއަކު އެންމެނަށް ބައިވެރިވެވޭނެ ހެން ކުރިއަށް ގެންދާ "މަގޭ ސުވަލަކީ" ޕްރަގްރާމްގައި ބައިވެރިވެ އެވެ. ދީނީ އެކި މައުލޫމާތުތައް ހިއްސާކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބު ދެ އެވެ.

ވަރަށް ގިނަ ބަޔަކު އެ ޕްރަގްރާމަށް އިންތިޒާރު ކުރެ އެވެ. ތަފާތު އެކި ސުވާލުތައް ފޮނުވަ އެވެ. އަދި ދަރުސްތައް ވެސް ކުރިއަސް ގެންދެ އެވެ.

ދަރުސްތައް ދެނީ ޝައިޚްގެ ދަރިވަރެއް ގެންގޮސް އޭނާ ލައްވާ ޝައިޚަށް ފޮތް ކިޔާދީ، ދެން އެ އަޑުއެހި ބައިތައް ހިތަށް ނަގައިގެންނެވެ. އެ ހިތްވަރު ކޮށްގެން ވެސް އެ މަސައްކަތް ދޫކޮށް ނުލަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...