އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ޑިސެމްބަރ މަހުގައި ނިންމާލަނީ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރަމުންދާ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހަށް ނިންމާލެވޭނެކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުނެފިއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް މައުލޫމާތުދެމުން އެމްއޭސީއެލުން ބުނެފައިވަނީ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތުގެ ބޮޑުބަޔެއް ނިމިފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފަސާޑް ހަރުކޮށް، އެއާކޮންޑިޝަން ހަރުކޮށް ކަރަންޓާއި ފެން ވައިރު ކުރުން ފަދަ މަސައްކަތްތައްކަން ފާހަގަކޮށްލެވެއެވެ.
މިތަން ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ)އެވެ.
މިއީ އެއާޕޯޓުގެ އާ ރަންވޭވެސް ތަރައްގީކޮށްދިން ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް