ވަކީލު އާސިފް ބަޔާން ވިދާޅުވަމުން ގެންދެވި ރާގު ގާޒީއަށް ކަަމަކުނުދިޔަ!
ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގްގެ މައްސަަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލު އިސްމާއިލް ޝާހު ވާހަކަދެއްކެވި ރާގު ބަދަލުކުރެއްވުމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އެދިއްޖެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ފަރާތުން ދައުލަތުން ހުށައަޅާފައިވާ ހެކިތަކާއި މެދު ހުށައެޅި ބަޔާނުގެ ވަކިބައެއް ކުރިއަށް ގެންދަވާފައިވަނީ އެމަނިކުފާނުގެ ވަކީލު އާސިފެވެ.
މި ބަޔާން އާސިފް ހުށައަޅުއްވަމުން ގެންދެވިއިރު ވަކި ހިސާބަކުން އިސްގާޒީ ހައިލަމް ވަނީ ވަކީލު އާސިފް ހުއްޓުވާފައެވެ. އަދި އާސިފް ވިދާޅުވަނީ ޚުތުބާއެއްކަމަށް ހީފުޅުވާކަމަށާއި އަނެއްފަހަރު އެއީ ޑްރާމާއެއްކަމަށް ހީވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެބޭފުޅާގެ ކުރިން ދިފާއީ ބަޔާނުގެ އެއްބައި ވިދާޅުވި ވަކީލު ޝާހު ވިދާޅުވި ފަދައިން އެކަން ކުރެއްވުމަށް ހައިލަމް ވަނީ އާސިފަށް އަންގަވާފައެވެ.
އިސްގާޒީ ހައިލަމް އިތުރަށް ވިދާޅުވީ އާސިފަކީ އަލަށް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި މީގެ ކުރިންވެސް އާސިފަކީ ޚުލާސާ ބަޔާންތައް ހުށަހަޅުއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، އާދައިގެ ގޮަތަކަށް އެކަން ކުރިއަށް ގެންދިއުމަށް ވަނީ އަންގަވާފައެެވެ.
މިއާއި އެކު ބަޔާނުގެ ބާކީބައި އާސިފް އިއްވަވާފައިވަނީ އާދައިގެ ރާގެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް