ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި
ދެކުނު ރަށެއްގައި ހަތަރުއަހަރުގެ އަންހެންކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި މި މައްސަލަ އިއްޔެ ހަވީރު ހުށައަޅާފައިވަނީ އެކުއްޖާގެ ގޭގައި ގެންގުޅޭ ބިދޭސީ މީހަކާއި ދެކޮަޅަށް ކަމަށެވެ.
މި މައްސަލައާ ގުޅިގެން 38 އަހަރުގެ އެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މުއްދަތު ޖަހައިދީފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް