ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާފިންގް ސްޕޮޓްތަކެއް ތަރައްގީކުރަނީ
ރާޅާއެރުން ކުރިއެރުވުމުގެ މަގުސަދުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާފިންގ ސްޕޮޓްތަކެއް ތަރައްގީކުރުމަށް ނިންމައިފިއެވެ.
މިކަން ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވަނީ ޓްވިޓަރ މެދުވެރިކޮށް އިއުލާންކުރައްވާފައެވެ.
މަޚުލޫފް ވިދާޅުވީ ސާފް ސްޕޮޓްތައް ތަރައްގީ ކުރަން ނިންމާފައިވަނީ ނ. ޅޮހި، މ. މުލި، ލ. މާބައިދޫ، ގދ. ވާދޫ، ގދ. ގައްދޫ އަދި ފުވައްމުލައް ސިޓީގައިކަމަށެވެ.
މި ސާފް ސްޕޮޓްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސާފިން އެސޯސިއޭޝަނާ ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ ސާފިންއަކީ މިހާތަނަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ގެނެސްދީފައިވާ ކުޅިވަރެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކާމިޔާބީތައް ގެންނާނެ ކުޅިވަރެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް