މޫސުން ގޯސްވެ ޓީއެމްއޭގެ ފްލައިޓެއް އިމަރޖެންސީކޮށް ޖައްސައިފި
މޫސުން ގޯސްވުމުގެ ސަބަބުން ޓީއެމްއޭގެ ފްލައިޓެއް، އިމަރޖެންސީކޮށް އެހެންތަނަކަށް ޖައްސައިފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ.ފެއަރމައުންޓް ރިސޯޓުން ފުރައިގެން އައި ޓީއެމްއޭގެ ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން ކ.ކުޑަހުރާގައި ޖައްސަން ޖެހުނުކަމަށެވެ.
މި ފްލައިޓްގައި އޭރު 18 ފަސިންޖަރުން ތިބިކަން ފާހަގަކޮށްލެވެއެވެ.
ޝަމާލް އިތުރަށް ވިދާޅުވީ އެ ފަރާތްތައް މިހާރު ސަލާމަތްތެރިކަމާއި އެކު ހުޅުލެއަށް ގެެނެވިފައިވާ ކަމަށެވެ. އެމީހުން ގެނެވުނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ސީ އެންބިއުލާންސް އި905 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް