އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ!
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ހިންގަމުންދާ ބިޔަ މަޝްރޫއުގެ ތެރެއިން އިމާރާތްކުރަމުންދާ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމަކާއި ހަމައަށް އައިސްފިއެވެ.
އެއާޕޯޓު ހިންގަމުންދާ އެމްއޭސީއެލްއިން ބުނީ އާ ޓާމިނަލްގެ މަސައްކަތްތަކުގެ ބޮޑު ބަޔެއް ނިމިފައިވާ ކަމަށާއި އެގޮތުން އެ އިމާރާތުގެ ސްޓްރަކްޗަރގެ މަސައްކަތް ނިންމާލައި، އެސްކެލޭޓަރތައް ހަރުކޮށް އަދި ސީޕްލޭން ޑޮކްގެ މަސައްކަތްވެސް ނިންމާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ދެން ކުރަން ހުރި މަސައްކަތްތަކަކީ ފަސާޑް ހަރުކޮށް، އެއާކޮންޑިޝަން ހަރުކޮށް ކަރަންޓާއި ފެން ވައިރު ކުރުމުގެ މަސައްކަތެވެ. މި ކަންކަންވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މިތަން ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ)އެވެ.
މިއީ އެއާޕޯޓުގެ އާ ރަންވޭވެސް ތަރައްގީކޮށްދިން ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް