މާދަމާގެ ޖަލްސާގައި އިންފޮރމޭޝަން ކޮމިޝަނަރެއް ކަނޑައަޅަނީ
މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިންފޮރމޭޝަން ކޮމިޝަނަރގެ މަގާމަށް ފަރާތެއް އައްޔަންކުރުމަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ އިންފޮރމޭޝަން ކޮމިޝަނަރ ކަމުގެ މަގާމަށް އައްޔަންކުރުމަށް ތިން ފަރާތެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފައެވެ.
އެއީ ހުސައިން ފިޔާޒު މޫސާ، އަހުމަދު ފަޔާޒު އަދި އަހުމަދު އާހިދު ރަޝީދެވެ. މި ތިން ފަރާތުގެ ތެރެއިން އިންފޮރމޭޝަން ކޮމިޝަނަރގެ މަގާމަށް އައްޔަންކުރާނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ.
އިންފޮރމޭޝަން ކޮމިޝަނަރގެ މަގާމަށް އާ ފަރާތެއް އައްޔަންކުރުމަށް ނިންމީ، ކުރިން އެމަގާމުގައި ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ. މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ވަނީ އެބޭފުޅާގެ ފަސް އަހަރުގެ ދައުރު ހަމަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް