ހޯރަ އިއްބެ ނިޔާވެއްޖެ
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ހޯރަ އިއްބެ ނިޔާވީ ހާޓްއެޓޭކެއް ޖެހިވަޑައިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރަމުން ދަނިކޮށެވެ.
އިބްރާޙިމް ރަޝީދު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފްވަނީ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މާތް اللهމައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ވަނީ ދުޢާކުރައްވާފައެވެ.
ހޯރަ އިއްބެ މަޝްހޫރުވެވަޑައިގެންނެވީ، ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފަހުކޮޅުގައި ފެށުނު އިސްލާހީ ހަރަކާތްތަކުގެ ތެރެއިންނެވެ. އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ފެށިގެންދިޔައިރު ހޯރަ އިއްބެ ވަނީ އެކި ހަރަކާތްތަކުގައި ތަޤުރީރުކުރައްވައި އެ ދުވަސްވަރު ޝާއިއުކުރެވުނު ބައެއް ނޫސްމަޖައްލާތަކަށްވެސް ލިޔުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް