ޔަތީމު ކުދިންނަށް ޒަކާތު ހައުސް އިން ދާއިމީ ގޮތެއްގައި އެހީތެރިކަމެއް ދެވޭނެ ނިޒާމެއް ޤާއިމުކުރާނަން - ޑރ. ޝަހީމް
ޔަތީމު ކުދިންނަށް ޒަކާތު ހައުސް އިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކުވެސް މާލީ އެހީތެރިކަމެއް ދެވޭނެ ނިޒާމެއް ޤާއިމުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޓްވީޓެއްގައި ޑރ. ޝަހީމު ވިދާޅުވީ، ޔަތީމު ކުދިންނަށް ޒަކާތު ހައުސް އިން ދާއިމީ އެހީތެރިކަމެއް ދެވޭނެ ނިޒާމެއް ޤާއިމުކުރާނެ ކަމަށާއި، މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކުވެސް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
ޔަތީމުވުމަކީ ކުޑަކުއްޖަކަށް ކުރިމަތިވެދާނެ އެންމެބޮޑު ކާރިޘާއެވެ. އެހެންކަމުން ޔަތީމުންނަށް އެހީތެރިވުމަށް އިސްލާމް ދީނުގައި ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ.
سَهْل بْن سَعْدٍ رضي الله عنه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ މުހައްމަދު ﷺ ޙަދީޘްކުރެއްވިއެވެ.
" أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا وَقَالَ بِإِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى"
(5659 صحيح البخاري كتاب الأدب باب فضل من يعول يتيما)
މާނައީ: "އަހުރެންނާއި، ޔަތީމުކުދީން ބަލައިބޮޑުކުރާ މީހާ ސުވަރުގެގޭގައި ވާނީ މިހައި ކައިރީގައެވެ. އިތުރު ސާހިބާ މިހެން ޙަދީޘްކުރެއްވުމަށްފަހު އެކަލޭގެފާނުގެ ޝަހާދަތްއިނގިލިފުޅަށާއި މެދުއިނގިލިފުޅަށް އިޝާރަތްކުރެއްވިއެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް