ދެ މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ދަތުރުތަކަށް 29 މިލިއަން ޚަރަދުކޮށްފި
ފާއިތުވި ދެމަހެއްހާ ދުވަސް ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވަޒީރުންނާއި ސިޔާސީ ބޭފުޅުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކަށް 29.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައި ވަނީ ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ހާމަކުރާ މާލީ ރިޕޯޓުންނެވެ. އެރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާއާއި ހަަމައަށް ޚަރަދު ކުރި މިންވަރަކީ މިއަހަރު ސަރުކާރުން ދަތުރުފަތުރު ކުރުމަށް ކަނޑައެޅި ބަޖެޓްގެ 20 އިންސައްތައެވެ.
ފިނޭންސް އިން ބުނެފައިވާ ގޮތުގައި މިއަހަރު ސަރުކާރުގެ ރަސްމީ ދަތުރުފަތުރުތަކަށް ދައުލަތުގެ ބަޖެޓުގައި 141.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ރައީސް ސޯލިޙާއި އެމަނިކުފާނުގެ ވަޒީރުން ގިނަ އަދަދެއްގެ ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާއިރު އެންމެ ގިނައިން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.
ޝާހިދު މިހާރު އާޖެންޓީނާގައި ހުންނެވި އިރު ޔޫރަޕުގެ ގިނަ ގައުމުތަކަށާއި އެމެރިކާއަށް ވެސް ޝާހިދު ވަނީ ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް