ގައިދީންނަށްވެސް ގައުމު ތަރައްގީ ކުރުމުގެ ފުރުސަތު ދޭންޖެހޭ: ނައިބު ރައީސް
ގައިދީންނަށްވެސް ގައުމު ފުރުސަތު ދޭންޖެހޭކަަމަށް ގަބޫލުފުޅު ކުރައްވާކަަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާފުށި ޖަލުގައި މިއަދު ތަޢާރަފް ކުރި އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމު އިފްތިހާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ އެކި ކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށްވެސް ގައުމު ތަރައްގީ ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިންސާނާ ދިރި ދުނިޔޭގައި ހުރިހާ ހިނދަކު އިންސާނާއަށް ތައުލީމް އުނގެނުމުގެ ފުރުޞތު ހޯދައިދޭން ޖެހޭނެކަމަށެވެ. އަދި އެއްވެސް ހާލެއްގައިމީހަކަށް ކުށެއް ކުރެވުނީތީ، މީހަކަށް ގޯހެއް ހެދުނީތީވެ، އެކަން މަތީގައި ދެމި ހުންނަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ފައިސަލް އިތުރަށް ވިދާޅުވީ ގައިދީން ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ މުޖްތަމައުއަށް އަނބުރާ އައުމަށް ބޭނުން ކުރެވިދާނެ ފުރުސަތެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށާއި، މި ސަރުކާރުން އެއްވެސް މީހަކު މުޖުތަމައުއިން ބާކީ ނުކުރާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް