ލައިފްޖެކެޓު އެޅުވުން މަޖުބޫރުކުރުމުގެ އުސޫލު ދެ ހަފްތާ ތެރޭގައި އާންމުކުރަނީ
ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކުގައި ލައިފްޖެކެޓް އެޅުން މަޖުބޫރުވާ އުސޫލު ދެ ހަފްތާގެ ތެރޭގައި އާންމުކުރެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މީޑިޔާތަކަށް އަމާޒުކޮށްގެން ބޭއްވި "ނުވަގަޑި ސައި" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވީ ލައިފްޖެކެޓް އެޅުވުން މަޖުބޫރުކުރުމުގެ އުސޫލު އަންނާނީ ކަނޑުދަތުރު ކުރުމާއި ގުޅޭ ގަވާއިދުގެ ދަށުން ކަމަށެވެ.
މި އުސޫލު ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާންމުކުރެވޭނެކަމަށް އާދިލް ވިދާޅުވިއެވެ.
އަދި އެ އުސޫލު ކަނޑައެޅިޔަސް އެކަމަށް އަމަލުކުރުމަކީ ކެޕްޓަނުންގެ ބޮލުގައި އެޅުވިފައިވާ ޒިންމާއެއްކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ. ސަބަބަކީ ކޮންމެ އުޅަނދެއްގައި އެކަން ކުރޭތޯ ބެލުމަކީ ސަރުކާރުގެ އިދާރާތަކަށް ކުރެވޭނެކަމަކަށް ނުވާތީއެވެ.
ނަމަވެސް އެ އުސޫލު އާންމުކުރުމަށްފަހު މިނިސްޓްރީން ކޯސްޓް ގާޑާއި މެރިން ޕޮލިސްއާއި ގުޅިގެން ބަލާނެކަމަށް އާދިލް ފާހަގަކުރެއްވިއެެވެ.
ފޮޓޯ: އެޑިޝަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް