މަހަށް ނުކުމެ އުޅުނު މީހަކަށް ހާޓް އެޓޭކެއްޖެހި މަރުވެއްޖެ
މަސްވެރިކަމަށް ނުކުމެ އުޅުނު މެދު އުމުރުފުރައިގެ ދިވެއްސަކަށް ހާޓްއެޓޭކެއް ޖެހި މަރުވެއްޖެއެވެ.
އުމުރުން 49 އަހަރުގެ މި މީހާ މަރުވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
އެމީހާ އެ ހޮސްޕިޓަލަށް ގެނެވިފައިވަނީ ރޭގެ 10.55 ހާއިރު ކަމަށް ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިޔާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވިއެވެ.
ލ.މާމެންދޫއަށް ނިސްބަތްވާ ޔޫސުފު ޙުސައިން މަރުވެފައިވަނީ އޭގެ އެއްގަޑިއިރު ފަހުންނެވެ.
އޭނާގެ ކަށުނަމާދު މިއަދު މެންދުރުނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް