ވިސާއާއި ނުލައި މިހާރު ތައިލޭންޑަށް ދެވޭނެ!
ކުރިން ވިސާ ނެގުމަކާއި ނެގުމަކާާއި ނުލައި ދިވެހިންނަށް ތައިލޭންޑަށް ދަތުރުކުރެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، ވިސާއާއި ނުލައި ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑްގައި ދިވެހިންނަށް ތިބެވޭނީ 30 ދުވަހުގެ މުއްދަތަކަށެވެ.
ދިވެހިންނަށް މި ވިސާގެ ލުއިފަސޭހަ ހަމަޖެހުނީ އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އައިިރިސްގައި ކުރިއަށްދާ އދ. ގެ ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގެ ހަވާސާގައި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތައިލަންޑުގެ ވަފްދާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ސަބަބުންނެވެ.
މި މަޝްވަރާތަކަށްފަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ތައިލޭންޑްގެ ވަފުދުގެ އިސްވެރިޔާއާއި އެކު ކުރެވުނު މަޝްވަރާގައި ދެގައުމުގެ މެދުގައި ވިސާގެ ލުއިފަސޭހަތަކެއް ގާއިމްކުރުމާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.
މިނިސްޓަރ އިތުރަށް ވަނީ ތައިލެންޑަކީ ދިވެހި ވިޔަފާ މެދުގައި މަގުބޫލު މަންޒިލެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ތައިލެންޑުގެ ގިނަ އިންވެސްޓްމެންޓުތަކެއް ހުންނަކަންވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް