ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީ ބަދުއަޚުލާގީ އަމަލު ހިންގަން އުޅެފި
ދިވެހިރާއްޖޭގެ ރަށެއްގައި ކުޑަ އަންހެންކުއްޖަކަށް މަސްތުވާތަކެތި ދީ ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި 16 އަހަރުގެ އަންހެންކުއްޖަކަށް މަސްތުވާތަކެތި ދީ ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނުކަމުގެ މައުލޫމާތު ރޭ ދަންވަރު 1:45 ގައި ލިބުނު ކަމަށެވެ.
އަދި މި މައުލޫމާތާއި ގުޅިގެން ފުލުހުން ވަނީ 44 އަަހަރާއި 33 އަހަރުގެ ފިރިހެނެެއް ހައްޔަރުކޮށްފައެވެ.
މި މައްސަލަ ޖެންޑާ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް