ޗެލްސީ ދޫކޮށް ސަރީ ޔުވެންޓަސްއަށް
ޗެލްސީގެ މެނޭޖަރުގެ މަގާމުގައި ހުރި މައުރީޒިއޯ ސަރީ އެ ކްލަބް ދޫކޮށް އިޓަލީގެ ޔުވެންޓަސްގެ މެނޭޖަރުކަމައި ހަވާލުވެއްޖެއެވެ.
2018 ވަނަ އަހަރުގެ ޖުލައި މަހު ނަޕޯލީއިން ޗެލްސީއައި ގުޅުނު ސަރީ ވަނީ އެ ކްލަބަށް ޕްރިމިއާ ލީގުގެ ތިންވަނަ މަގާމް ހޯދަ ދިނުމުގެ އިތުރުން ޔުއޭފާ ޔޫރޯޕާ ލީގް ކާމިޔާބު ކޮށްދީފައެވެ.
2003 ވަނަ އަހަރު ރޯމަން އަބްރަހަމޯވިޗް ޗެލްސީ ގައިން ފަހުން ސަރީ ވެފައިވަނީ އެކްލަބް ދޫކޮށް ދިޔަ ނުވަވަނަ މެނޭޖަރަށެވެ.
މިކަމައި ގުޅޭ ގޮތުން ޗެލްސީގެ ޑިރެކްޓަރ މަރީނާ ބުނީ ޔޫރޯޕާ ލީގް ފައިނަލަށް ފަހު ކްލަބައި ސަރީއައި ދެމެދު ދެކެވުނު ވާހަކަތަކުގައި އޭނާވަނީ އޭނާގެ އުފަން ގައުމަށް އަނބުރާ ދިއުމަށް ބޭނުންވާ ކަމަށް ބުނެފައެވެ.
ޗެލްސީގެ މެނޭޖަރުގެ މަގާމަށް ދެން އަންނާނީ ކުރިން އެކްލަބަށް ކުޅެދީފައިވާ ފްރޭންކް ލަމްޕާޑް ކަމަށް އިނގިރޭސި މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް