ސިރާާޖުގެ އޯޑިއޯ ކްލިޕެއް: ނުހޮވުނިއްޔާ ޖޭއެސްސީގެ މެންބަރކަން ޔަގީން!
މިފަހަރުގެ މަޖިލިސް އިންތިޚާބުގައި، ފޮނަދޫ ދާއިރާއަށް މިހާރު ހުރި މެންބަރ އަބްދުއްރަހީމް އަބްދުﷲ ހޮވުނަސް މައްސަލައެއް ނެތްކަމަށް އެމްޑީޕީގެ ފަރާތުން އެ ދާއިރާއަށް ވާދަކުރައްވާ މަޝްހޫރު ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މިހެން ވިދާޅުވީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އޯޑިޔޯ ކްލިޕެއްގައެވެ.
ރައީސް ޔާމީން ޕްރޮމޯޓްކުރުމުގައި ހަރަކާތްތެރިވާ ރުމާލު ދޭއް ޕްލެޓްފޯމުން އާންމުކުރި މި ކްލިޕްގައި ސިރާޖު ވަނީ އަދުރޭ ހޮވުނަސް މައްސަލައެއް ނެތްކަމަށާއި އެކަމާއި މެދު ދެރަވާން ނުޖެހޭކަމަށް ވިދާޅުވެފައެވެ.
އަދި ސިރާޖު ވަނީ މަޖިލިސް މެންބަރކަމުގެ މަގާމަށް އިންތިޚާބު ނުވެއްޖެނަމަ ޖޭއެސްސީގެ މެންބަރުކަން ލިބޭނެކަމަށާއި އެއީ ބޭނުންފުޅުވާ މަގާމެއްކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ރިޔާސީ ކޮމިޝަންތަކަށް މެންބަރުން ހަމަޖައްސާފައިވަނީ "އަަހަރެމެން" ބުނި ފަރާތްތައްކަމަށް ބުނެފައެވެ.
މިއީ ކޮން އިރަކު ސިރާޖު ދެއްކެވި ވާހަކަކަމާާއި މި ކްލިޕް އަކީ އަސްލެއްތޯ އިނގޭގޮތް ވަނީ ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް