އެންމެ މުހިންމީ އަމިއްލަ ފައިމައްޗަށް ތެދުވުން: ރައީސް ނަޝީދު
އެންމެ މުހިންމު ކަަމަކީ ދިވެހިރާއްޖެއިން އަމިއްލައަށް ހޯދާ ފައިސާ އިން އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން، މީޑިޔާތަކަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަށް ބޭރުގެ އެހީ ލިބުނަސް އެންމެ މުހިންމުކަމަކީ ރާއްޖެއަށް އަމިއްލައަށް ހޯދާ ފައިސާ އިން އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދިވެހިން އިރާދަކުރެއްވިއްޔާ މިތިބީ އެ މިސްރާބުގައިކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ފަސް އަހަރު ނިމޭއިރުގައި އަޅުގަނޑުމެންގެ ދަރަނީގެ މިންވަރު ވެސް ކުޑަކުރެވޭނެކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާކަމަށެވެ. އަދި ލިބޭ އާމްދަނީ އަށް ވުރެ ހަރަދު ބޯޑުވާވަރު ކޮންމެ އަހަރަކުވެސް ކުޑަކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިންޑިޔާއަށް ކުރެއްވި މި ދަތުރުފުޅުގައިވަނީ ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް، އައިސީސީއާރް އަދި ޖަވާހިރުލާލް ނެހެރޫ ޔުނިވާސިޓީގައި ތަގްރީރުކުރައްވާ، އިންޑިޔާގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް