ހުޅުމާލޭ ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލެ ފޭސް ދޭއްގެ އަތިރިމައްޗާ ދިމާލަށް އޮންނަ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި، ބަރުއެއްޗެހި އުފުލުމަށް ބޭނުންކުރާ ޓްރެއިލާ ޓްރަކަކާ ޖެހިގެންނެވެ. އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ މަސްޖިދުލް ހަސަން އާދަމް އާ ދިމާލު އަތިރިމައްޗާދިމާލަށް އޮންނަ މަގުގައެވެ.
ވޮއިސްއަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު، ޓްރެއިލާ ޓްރަކް އަތިރިމައްޗާ ދިމާލު ފަސްގަނޑަށް އަރާފައި އޮތްއިރު، ސައިކަލް އޮތީ ޓްރަކް ދަށުގައެވެ. ސައިކަލް ޓްރަކް ދަށުގައި އޮތްއިރު، ސައިކަލްގެ ސިގްނަލް އޮތީ ޖެހިޖެހިއެވެ.

މި އެކްސިޑެންޓްގައި މީހަކަށް ގެއްލުންލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެކްސިޑެންޓްވި ޓްރެއިލާ ޓްރަކަކީ ވައިޑީ ވަރކްސްއަށް ނިސްބަތްވާ ވެހިކަލްއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް