ދައުލަތުން މިހާތަނަށް ޚަރަދުކުރީ އެގާރަ ބިލިޔަން ރުފިޔާ!
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 11.5ބިލިޔަން ރުފިޔާާ ލިބިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 11.5ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.
އަދި މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުހުރީ 11.8ބިލިޔަން ރުފިޔާގައެވެ. މިއީ ދައުލަތުގެ މިއަހަރުގެ ބަޖެޓްކަމަށްވާ 30 ބިލިޔަން ރުފިޔާގެ ކުޑަ އިންސައްތައެކެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތަކަށް ބަލާލާއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ހަތް މަސްތެރޭ 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް