ހުޅުމާލޭގައި ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓް ވެއްޖެ
ހުޅުމާލޭގައި މިއަދު ހެނދުނުގެ ވަގުތެއްގައި ސައިކަލަކާއި ލޮރީއެއް ޖެހި، އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 09:13 ހާއިރު ހުޅުމާލޭ ފިތުރޯނު މަގު، ފެރީ ޓާމިނަލް ކައިރިންނެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލަށާއި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ހިމެނޭ ސައިކަލާއި ލޮރީ ދުއްވަން އިން ފަރާތްތަކުގެ އަތުގައިވެސް ލައިސަންސް އޮތްކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް