ލުތުފީ އޭސީސީގެ ރައީސްކަމުން އިސްތިއުފާާދީފި
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަމުގެ މަގާމުން އެ ކޮމިޝަންގެ މެންބަރު ހަސަން ލުތުފީ އިސްތިއުފާދެއްވައިފިއެވެ.
ލުތުފީ މި މަގާމުން އިސްތިއުފާދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި ލުތުފީ އިސްތިއުފާގެ ސިޓީ ހުށައަޅުއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެބޭފުޅާގެ މައްޗަށް މަނީ ލޯންޑަރިންގްގެ މައްސަލައެއް ތަހުގީގުކުރެވެން ފެށުނު ފަހުން، އޮފީހަށް ނުނިކުމެ ވަޑައިގަންނަވައެވެ. ނަމަވެސް ބަރާބަރަށް މުސާރަ ނަންގަވަމުން ގެންދަވާފައިވެއެވެ.
މިދިޔަ ފެބުރުއަރީ 10 ވަނަ ދުވަހުން ފެށިގެން ލުތުފީ ހުންނަވަނީ ޗުއްޓީގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް