މަސްވެރިކަމުގައި ބޭނުންކުރާ ތިން އުޅަނދެއް ތިމާވެއްޓާ ރައްޓެހިކުރަނީ
މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ތިން އުޅަނދެއް ތިމާވެށްޓާ ރައްޓެހިކުރުމަށް މިނިސްޓްރީ އޮފް އެންވާރަންމަންޓާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ.
އެންވާރަމަންޓް މިނިސްޓްރީއިން ބުނީ އެ ޕްރޮޖެކްޓަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގައި މިގޮތަށް ހިންގާ ފުރަތަމަ ޕްރޮޖެކްޓްކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖެއާއި ރާއްޖެ ފަދަ މަސްވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ކުދި އެހެން ޖަޒީރާ ގައުމުތަކަށްވެސް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެ ޕްރޮޖެކްޓަކީ މަލްޓިލެޓަރަލް ފަންޑް ފޮ ދަ އިންޕްލިމެންޓޭޝަން އޮފް ދަ މޮންޓްރެއާލް ޕްރޮޓޮކޯލްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފިޝަރީޒް ޑެމޮންސްޓްރޭޝަން ޕްރޮޖެކްޓެއް ކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް