ބިދޭސީން އެތެރެކުރުމާއި ގުޅޭ ކޯޓާ ސިސްޓަމް މެދުކަނޑާލައިފި
ރާއްޖޭގައި އެކި ވަޒީފާތައް އަދާކުރުމަށް ބިދޭސީން އެތެރެކުރުމާ ބެހޭ ނިޒާމު (ކޯޓާ ސިސްޓަމް) ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި ކޯޓާ ސިސްޓަމް މެދުކަނޑާލީ ބިދޭސީން އެތެރެ ކުރުމާއި ގުޅުންހުރި ކަންތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ.
އިމިގްރޭޝަނުން އެންމެ ފުރަތަމަ ބުނެފައިވަނީ މާޗް މަހުގެ 7 އިން ފެށިގެން 5 ގެ ނިޔަލަށް ކޯޓާ ސިސްޓަމް މެދުކަނލާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ކޯޓާ ސިސްޓަމުގެ ޚިދުމަތް އަލުން ފަށާނެ ތާރީޚެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބިދޭސީންނާއި ގުޅޭ ކަންތައް ބަދަލުކުރުމަށް ސަރުކާރުން ނިންމީ ބިދޭސީން އެތެރެކުރުމާއި ގުޅޭ ކަންކަމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭތީ އެކަން ރަނގަޅު ކުރުމަށެވެ.
ސަަރުކާރުން ނިންމާފައިވާ ގޮތުގައި ދެން ކޯޓާ ހަމަޖައްސައިދިނުމާއި، ބިދޭސީންގެ އެމްޕްލޯއިމެންޓް އެޕްރޫވަލް ދިނުމާއި، ވިސާ ޑިޕޮސިޓް ފީ ބަލައިގަތުމާއި އަދި ރީފާންޑު ކުރުމުގެ މަސައްކަތުގެ އިތުރުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްދޭނީ އިކޮނޮމިކް މިނިސްޓްރީ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް