މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ކޮމެޓީއެއް ހަދައިފި
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް އެގާރަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދައިފިއެވެ.
މިއަދުގެ ޖަލްސާގައި ގަވައިދު އެކުލަވާލުމަށް ކޮމިޓީއެއް ނެގުމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ. މިހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.
މި ހުށަހެޅުން ފާސްވީ ޖަލްސާގައި ތިއްބެވި 80 މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގައި ތިއްބަވާ 11 މެންބަރުންނަކީ:
1) މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
2) ނައިފަރު ދާއިރާގެ މެމްބަރު އަހްމަދް ޝިޔާމް
3) ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
4) ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
5) ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދް އާމިރު
6) ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
7) ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
8) ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު
9) ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރް މޫސާ
10) އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
11) މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު
މި ކޮމިޓީން މަޖިލީހުގައި މިހާރު އަމަލު ކުރަމުންދާ ގަވާއިދު އިސްލާހުކޮށް 30 ދުވަހުގެ ތެރޭގައި މަޖިލިސް ތަޅުމަށް ހުށަހަޅަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް