38 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް ދިޔަވަނީ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
38 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ދާދި ދެންމެއަކު ބުނީ، ތިލަފުއްޓާއި ދިމާ ބޭރުން ދަތުރުކުރަމުންދިޔަ "ސުވެނިއަރ 34" ނަމަކަށް ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ، މާލެ އޭރިއާ، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެ އިދާރާއިން މައުލޫމާތު ދޭގޮތުގައި އެއުޅަނދުގައި 38 މީހުން (34 ޓޫރިސްޓުންނާއި، 4 ކްރޫއިން ) ދަތުރު ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ތަފްސީލް އަންނަނީ…
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް