ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމުގެ މަސައްކަތަށް މިނިސްޓަރ މަޚުލޫފާއި ޝާހިދު މަޑަގަސްކަރގައި!
2023ވަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ބިޑަށް ތާއިދުހޯދުމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަޑަގަސްކަރއަށް ވަޑައިގެންފިއެވެ.
މި ދެބޭފުޅުން މަޑަގަސްކަރއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެގައުމުގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު މިނިސްޓަރ ހާޖޯއާއި ބައްދަލުކުރައްވާފައެވެ.
އަދި މީގެ އިތުރުން އެޤައުމުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އޮނަރަބަލް ސިޓެނީއާއިވެސް ދެބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ.
2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖޭގެ އިތުރުން މަޑަގަސްކަރއިންވެސް ވަނީ ބިޑްކޮށްފައެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ވަފްދުން ވަނީ މަޑަގަސްކަރއިން ކުރާ ބިޑް ދޫކޮށްލުމަށްފަހު، ރާއްޖޭގެ ބިޑަށް ތާއިދުކުރުމަށް އެދިފައެވެ.
ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ތާއިދުހޯދުމަށް މީގެ ކުރިން ވަނީ ސީޝެލްސްއަށްވެސް ކާމިޔާބު ދަތުރެއްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް