ރައީސް ދެއްކެވި ވާހަކަ ކުރީގެ މިނިސްޓަރ ސައީދު ދޮގުކުރައްވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ތަރައްގީކުރުމުގެ ޕްލޭނެއް ނެތްކަމަށް ބުނެ ރައީސް އިބްރާހިމް މުހަމަދު ސާލިހު ހެއްދެވީ އިތުރުފުޅެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ނެތްކަމަށެވެ.
އެކަމަށް ރައްދުދެއްވާ މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ވީއައިއޭ ތަރައްގީ ކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ބަލަންޖެހޭ ކަންތައްތަކަށް ބަލާ ދިރާސާކޮށް ޕްލޭނެއް ކޮށްގެންކަމަށެވެ. އަދި އެތަން ތަރައްގީ ކުރުމުގެ ޕްލޭން އެކުލަވާލައިފައިވަނީ ކަމާއި ގުޅުންހުރި ބައިނަލްއަގްވާމީ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުންކަމަށެވެ.
އަދި ރައީސް ޞާލިހު އެހެން ވިދާޅުވީ އެމަޝްރޫއު ކުރިއަށްދާގޮތް ބައްލަވަން ޖެހޭ މިންވަރަށް ނުބައްލަވާ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ އެއާރޕޯޓުން ޚިދުމަތް ދެމުން އެތަން ތަރައްގީ ކުރުމުމުގެ މަސައްކަތް ޕްލޭނެއްނެތި ކުރިއަށް ނުގެންދެވޭނެ ކަމަށް ގަބޫލު ނުކުރާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް އެއްކޮށް ނިމުމުން 7މިލިއަން ފަތުރުވެރިންނަށް އެއްފަހަރާ ޚިދުމަތްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
800 މިލިއަން ޑޮލަރު ޚަރަދުކުރާގޮތަށް ރައީސް ޔާމީންގެ ސަރުކާރުން ފެށި އެ ޕްރޮޖެޓް ކުރިއަށް ގެންދިއުމަށްމިއަހަރުގެ ބަޖެޓްގައި ވެސް ވީއައިއޭ ތަރައްގީ ކުރުމަށް 1.7 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުވެސް ބާރު ސްޕީޑްގައި ކުރިއަށްދާއިރު އެމަސައްކަތް ނިމުމުން ރާއްޖެ އަންނަ ފަތުރުވެރިންނާއި، ރާއްޖެއަށް ޓްރާންސިޓްކުރާ ފަތުރުވެރިންގެ އަދަދު އެތައް ގުނަޔަކުން އިތުރުވެގެންދާނެ ކަމަށ ރައީސް ޔާމީންގެ ސަރުކާރުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް