ގދ.ތިނަދޫ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި
ގދ.ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި، އެބޭފުޅާ މަގާމުން ވަކިކޮށްފިއެވެ.
އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އައްސަދު މަގާމުން ވަކިކޮށްފައިވަނީ ކައުންސިލްގެ ކަންކަން ރަނގަޅުކުރުމަށް 30ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުގައެވެ.
މީގެ ކުރިންވެސް ކައުންސިލް ހިންގުމުގެ ކަންކަން ރަނގަޅުކުރުމަށް އައްސަދުއަށް ފުރުސަތުތަކެއް ދިންކަމަށްވެއެވެ. ނަމަވެސް ކައުންސިލްގެ ކަންކަމަށް އެދެވޭ ބަދަލުތަކެއް އައިސްފައި ނުވާކަމަށްވެއެވެ.
ތިނަދޫ ކައުންސިލްގެ ފަސް މެންބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފަރާތްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް