ތިން ފަހަރު ޗެންޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ ނާވާސް ޕީއެސްޖީއަށް
ރެއާލް މެޑްރިޑަށް ފަސް އަހަރު ތެރޭ ތިން ޗެންޕިއަންސް ލީގް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކީޕަރު ކޭލާ ނާވާސް ޕީއެސްޖީއަށް ބަދަލުވެއްޖެއެވެ.
32 އަހަރުގެ ނާވާސް ފްރާންސްގެ ޗެންޕިއަން ޓީމަށް ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕީއެސްޖީ އަދި ރެއާލްއައި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޕީއެސްޖީގެ ކީޕަރު އަރެއޯލާ ވަނީ ލޯނު ކުޅުންތެރިޔެއްގެ ގޮތުގައި ރެއާލްއަށް ބަދަލުވެފައެވެ.
ރެއާލްގެ ފުރަތަމަ އެގާރައިން ނާވާސްއަށް ޖާގަ ގެއްލުނީ 2018 ވަނަ އަހަރު ކޯޓުއާ އެޓީމައި ގުޅުނު ފަހުންނެވެ.
ނާވާސްގެ އިތުރުން ޕީއެސްޖީ ވަނީ ސެވިއްޔާގެ ސާޖިއޯ ރިކޯ ވެސް ލޯނު އެއްބަސްވުމެއްގެ ދަށުން އެޓީމަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް