ޔޫއޭއީއާއެކު ޖޮއިންޓް ކޯޕަރޭޝަން ކޮމެޓީއެއް އުފައްދަން އެއްބަސްވެއްޖެ
ޔޫއޭއީއާއި ދިވެހި ރާއްޖެއާއި ދެމެދު ގުޅުންބަދަހިކުރުމުގެ އައު އެމްއޯޔޫއެއްގައި ދެގައުމުން ސޮއިކޮށްފިއެވެ. މިއެމްއޯޔޫއާއިބެހޭގޮތުން ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ މި އެމްއޯޔޫގެ ސަބަބުން ދެގައުމަށް ފައިދާހުރި ހުރިހައި ރޮނގެއްގައި ގުޅުންބަދަހިކޮށް އެއްބާރުލުން އިތުރުކުރެވިގެންދާނެކަމަށެވެ. އެމްއޯޔޫއަކީ ދެގައުމުގެ ދެމެދުގައި ގުޅުންބަދަހިކުރުމާއިބެހޭ ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށް ވެވުނު އެމްއޯޔޫއެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެތެރޭގައި މިއެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.
ރައީސްގެ މިދަތުރުފުޅުގެތެރޭގައި ޔޫއޭއީގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ޝައިޚް އަބްދުﷲ ބިން ޒައިދް އަލް ނަހްޔާންވަނީ މިއަދު ރައީސް ސާލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
ރައީސް ސާލިހްގެ މިދަތުރުފުޅަކީ އަބޫދާބީގައި ފާހަގަކުރާ ސަސްޓެއިނަބްލިޓީ ވީކްއާއި ޝައިޚް ޒައިދް ސަސްޓެއިނެބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެތެރޭގައި ދުބާއީގެ ބޮޑު މިސްކިތް ބައްލަވާލައްވަން މިއަދު ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް