ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ؛ ގެއްލުނުތާ ދޮޅު މަހަށްވުރެ ގިނަ ދުވަސް!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ހޯދަމުންދަނީ އިންޑިއާ ރައްޔިތެއްކަމަށްވާ އައިޑީ މޮހަމެޑް ސެޚް (32އ) އެވެ.
ފުލުހުން ބުނީ، މޮހަމެޑް ސެޙް ވީނުވީއެއް ނޭގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2024 އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
މޮހަމެޑް ސެޚް އާ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް