މާލޭ މަގުމަތީ ކުނި ކަހަން ހުރި މީހެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް؛ އަނިޔާވި މީހާއަށް ފަރުވާ ދެނީ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި މީހެއް ގައިގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓް ކޮށްފައުވަނީ ރޭގެ 23:17 ކަން ހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާ އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައިވެފައެވެ.
މިއާއެކު ފުލުހުން ބުނީ، އެކްސިޑެންޓް ހިނގިވަގުތު ސައިކަލުގައި ތިބި ދެ މީހުން މަޑު ނުކޮށް ފިލާފައިވާ ކަމަށާ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް