ފެރީގެ ތެރޭގައި އަންހެނަކާއި ފޮށުނު މައްސަލައެއް ބަލަނީ
އެމްޓީސީީސީގެ ހުޅުމާާލެ ދަތުރު ކުރާ ފެރީއެއްގައި މަސައްކަތްކުރާ ފަޅުވެރިއަކު، ދަތުރުވެރިއަކާއި ފޮށުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޓްވިޓަރ ގައި އާންމުވި މި ހާދިސާގައި ފޮށުނު އަންހެން ކުއްޖާ ފަޅުވެރިޔާއާއި އެ މައްސަލައިގައި މުޚާތަބުކުރުމުން އަނެއް ފަޅުވެރިޔާ ވަނީ އަޑުގަދަކަމަށްބުނެ އެކަމަށް އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދީފައެވެ.
އެ އަންހެން ކުއްޖާއަށް އެ ފެރީގައި ހުރި އެހެން ފަރާތެއްވެސް އެހީތެރިވެފައިނުވާކަން ހިތާމައާއި އެކު ފާާހަގަކޮށްލެވެއެވެ.
މިކަމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެ މައްސަލަ އެފަރާާތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް