ޑރ.އަޒްމިރަލްދާާއާއި ޝުޖޫނަށް މާދަމާ މަޖިލީހުން ރުހުންދެނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލްެއުސްތާޛާ އައިޝާ ޝުޖޫން އަދި ޑރ.އަޒްމިރަލްދާ ޒާހިރު އައްޔަންކުރުމާއި ބެހޭގޮތުން ގޮތެއް ނިންމުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލްކޮށްފިއެވެ.
މާދަމާގެ ޖަލްސާގައި ވަނީ އެ މައްސަލައިގައި ޖުޑީޝަރީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓާއި މެދު ގޮތެއް ނިންމުމަށް ތާވަލްކޮށްފައެވެ.
އެހެންކަމުން މާދަމާގެ ޖަލްސާގައި އެ ރިޕޯޓާއި މެދު ގޮތެއް ނިންމުމަށްފަހު، ވޯޓަށް އަހާނެކަމަށް ބެލެވެއެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވަނީ އެ ދެ ފަރާތަށް ރުހުން ދިނުމަށެވެ.
އަލްއުސްތާޛާ އައިޝާ ޝުޖޫން ވަނީ މީގެ ކުރިން ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު އަދާކުރައްވާފައެވެ. މިހާރު އެކަމަނާ އަކީ ބާ ކައުންސިލްގެ މެންބަރެކެވެ. އަދި ޝުޖޫން ވަނީ ރާއްޖޭގެ ފުރަތަަމަ އަންހެން ގާޟީންގެ ތެރެއިން ހިމެނޭ ފަރާާތެކެވެ.
ޑރ.އަޒްމިރަލްދާ ޒާހިރަކީ މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަޒްމިރަލްދާއަކީ ރާއްޖޭގެ މަތީ ކޯޓަކަށް ފުރަތަމަ އައްޔަންކުރެވުނު އަންހެން ފަަނޑިޔާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް