މަސްތުވާތަކެއްޗާ ބެހޭ އދގެ ކޮމިޝަންގެ ރިޔާސަތު އިންޑިއާއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މަސްތުވާތަކެއްޗާއި ބެހޭ އދގެ ކޮމިޝަން (ޔޫ.އެން. ކޮމިޝަން އޮން ނާކޮޓިކް ޑްރަގްސް) ގެ 68 ވަނަ ސެޝަންގެ ރިޔާސަތާއި އިންޑިއާއިން ހަވާލުވެއްޖެއެވެ.
އިންޑިއާގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާނީ އެގައުމުން ވިއެނާގައި ހުންނަ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝަމްބޫ އެސް. ކުމާރަން އެވެ.
މިއީ އެކޮމިޝަންގެ ރިޔާސަތާއި އިންޑިއާއިން ހަވާލުވާ ފުރަތަމަ ފަހަރެވެ.
ޔޫ.އެން ކޮމިޝަން އޮން ނާކޮޓިކް ޑްރަގްސް އަކީ މަސްތުވާތަކެއްޗާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތައް ތަންފީޒުކުރަމުންދާ ގޮތް ވިލަރެސްކުރުމަށް އދގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކައުންސިލުން 1946 ވަނަ އަހަރު ޤާއިމްކުރި ކޮމިޝަނެކެވެ. އަދި ޔޫ.އެން. އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގެ ގަވަރނިން ބޮޑީއެއްގެ ގޮތުގައި ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްއާއެކު ވެސް އޮންނަނީ މިކޮމިޝަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް