N/A
N/A
ހަބަރު 26 May 2019 | 07:55

ބާގަރއެއް ކާލަން ޕާޕާ ސޭމް ވަރެއް ނެތް!

ދިވެހިންގެ ގިނަބަޔެއްގެ މެދުގައި އެންމެ މަގުބޫލު ކާނާގެ އެއް ބާވަތަކަށް ވެފައި މިވަނީ ހުޅަނގުގެ ކެއުންތަކެވެ. އޭގެ ތެރެއިންވެސް ފަސޭހައިން ތައްޔާރުކޮށްލެވި އަދި އަވަހަށް ކާލެވޭ ފާސްޓް ފުޑްގެ ބާވަތްތަކަކީ ގިނަ ބަޔަކަށް މަގުބޫލު ކެއުމުގެ ބާވަތެކެވެ.

މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ކިތަންމެ ގިނަ ފާސްޓްފުޑް ރެސްޓޯރެންޓްތަކެއް ހުއްޓަސް، އެތަންތަނަށްދާ ގިނަ ކަސްޓަމަރުންގެ ޝަކުވާއަކަށް ވެފައިވަނީ ހިތްހަމަޖެހިގެން ކާލެވޭނެފަަދަ މާހައުލެއް ނެތުމާއި އެފަރާތްތަކުން ހިތްރުހޭފަދަ ހަގީގީ ފެންވަރުގެ ކާއެއްޗެހި އެތަންތަނުން ނުލިބުމެވެ. ހާސްނުވާށެވެ. އެފަދަ ޝަކުވާ ކުރާ ފަރާތްތައް ހެއްވާލާ، އުފާކޮށްލަން އާ ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.

ނަމަވެސް މާލޭގެ ތޮއްޖެހިފައިވާ ކޮންކްރީޓް ޖަންގައްޔަކުއެއް ނޫނެވެ. އަރަމުން އަންނަ ޒުވާނުންގެ ޝަހަރު، ހުޅުމާލޭގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ރަސްމީގޮތުން ހުޅުވި ޕާޕާ ސޭމްއަކީ ގިނަބަޔެއްގެ މެދުގައި ހަލުވި މިނެއްގައި މަގުބޫލުކަން ހޯދަމުން އަންނަ ތަނެކެވެ.

ވޮއިސްއަށް މައުލޫމާތު ދެމުން ޕާޕާ ސޭމްގެ މެނޭޖްމަންޓުން ބުނީ އެތަނުގެ އެންމެ ޚާއްސަ ކާއެއްޗަކީ ތަފާތު ބާވަތްތަކުގެ ބާގަރތައް ކަމަށެވެ. ޕާޕާ ސޭމްއިން ތަފާތު ބާގަރ ޓޮޕިންގްސްތައް ޚިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާއިރު، ބާގަރގެ އިތުރުން ތަފާތު އެހެނިހެން ފާސްޓްފުޑްތަކާއި ހުޅަނގުގެ ކެއުންތައް އެތަނުން ލިބޭކަންވެސް ފާހަގަކޮށްލެވެއެވެ.

ޕާޕާ ސޭމްގެ ކާއެއްޗެހީގެ ވާހަކަތަކުން ހަމައެކަނި ފުއްދާލެވޭކަށް ނެތެވެ. އެތަނުގެ ބުއިންތަކަކީވެސް ތަފާތު އަދި އެހާމެ ކަމުދާނެފަދަ ގޮތަކަށް ތައްޔާރުކުރެވިފައިވާ ބުއިންތަކެކެވެ. އެގޮތުން ބަލާލާއިރު، ޕާޕާ ސޭމްގެ ޑްރިންކްސް މެނޫގައި މޮކްޓެއިލުން ފަށައިގެން މިލްކްޝޭކަށް ދާންދެން ފަންސާހަށް ވުރެ ގިނަ ބުއިންތައް ހިމެނިފައިވާނެކަމަށް މެނޭޖްމަންޓުން މައުލޫމާތު ދެއެވެ.

ހިތްގައިމު އިންޓީރިއާއަކާއި ފަސޭހަ މާހައުލެއްގެ އިހުސާސު ގެނެސްދޭ މި ރެސްޓޯރެންޓަށް ޒިޔާރަތްކުރައްވާށެެވެ. ޕާޕާ ސޭމް ވަރެއް ހަމަ ނެތެވެ. އަޖުމަ ބައްލަވާލެއްވުމުން ތިޔަބޭފުޅުންނަށްވެސް ޔަގީންވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...