އެކުއެޑޯ އާއި އާޖެންޓީނާ ވާދަކުރި މެޗުގެ ތެރެއިން
އެކުއެޑޯ އާއި އާޖެންޓީނާ ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު 05 Jul 2024 | 09:58

މިފަހަރުވެސް މެސީއާއެކު އާޖެންޓީނާ ސަލާމަތްކޮށްދިނީ މާޓިނޭޒް

އެމެރިކާގައި މިހާރު ކުރުއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން އާޖެންޓީނާއި އެކުއެޑޯ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެ ނަތީޖާ ނެރުމައްޓަކައި ޖެހި ޕެނަލްޓީގައި 2-4 ގެ ނަތީޖާ އަކުން މޮޅުވެ އާޖެންޓީނާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އެކުއެޑޯ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން ބަލިވެ، އެއްމެޗުން މޮޅުވެ އަނެއް މެޗު އެއްވަރުކޮށް ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަގައި ކުރިހޯދީ އާޖެންޓީނާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެލެކްސިސް މާކް އެލިސްޓާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އެކުއެޑޯއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮއްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ މިޑްފީލްޑަރު ރޮޑްރިގޯ ޑި ޕޯލްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ.

ނަމަވެސް އެޓީމުގެ ކެޕްޓަން އެނާ ވެލެންސިއާއަށް ކުރިއަށް ފޮނުވަލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި މެޗުގައި އެކުއެޑޯ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރުއެއްގެ ގޮތުގައި ކުޅެން ނިކުތް މިޑްފީލްޑަރު ކެވިން ރޮޑްރިގޭޒެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަޖައި ޖެހި ޕެނަލްޓީގައި އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން ލިއޮނަލް މެސީ ކުރިއަށް ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ނަމަވެސް އެކުއެޑޯގެ ފުރަތަމަ ދެ ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއު ކުރުމުގެ އިތުރުން އެޓީމުގެ އަލްވަރޭޒް، އެލިސްޓާ، މޮންރެއަލް އޮޓަމެންޑީ ކާމިޔާބުކުރި ޕެނަލްޓީ އާއެކު 4-2 ގެ ނަތީޖާއަކުން އެޓީމު ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ސެމީފައިނަލްގައި އާޖެންޓީނާއަށް ބައްދަލުކުރަން ޖެހޭނީ މާދަމާ ހެނދުނު ވެނެޒުއޭލާއާއި ކެނެޑާގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. އަދި މިމެޗުން ބަލިވުމާއެކު އެކުއެޑޯއިންވަނީ އެ ޓީމުގެ ކޯޗު ފީލިކްސް ސަންޗޭޒް މަގާމުން ވަކިކޮށްފައެވެ.

ބާކީ ތިން އަހަރު އޮއްވާ ފީލިކްސް މަގާމުން ވަކިކުރުމަށް ފަހު އެކުއެޑޯގެ ފުޓްބޯލް ފެޑެރޭޝަނުންވަނީ އޭނާއާއި އޭނާގެ ކޯޗިން ސްޓާފުން އެޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ އިން 16 ވަނަ ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްފި
15 Jul 2024 ކުޅިވަރު

ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ އިން 16 ވަނަ ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްފި

އެމެރިކާގައި ކުރިއަށްދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް 2024 ގެ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ކޮލަމްބިއާ ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަންޱއާޖެންޓީނާ އިން 16 ވަނަ ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބުކ...

ކެނަޑާ ބަލިކޮށް އާޖެންޓީނާ ފައިނަލުން ޖާގަ ހޯދިއިރު، މެސީއަށް އިތުރު ރެކޯޑެއް
10 Jul 2024 ކުޅިވަރު

ކެނަޑާ ބަލިކޮށް އާޖެންޓީނާ ފައިނަލުން ޖާގަ ހޯދިއިރު، މެސީއަށް އިތުރު ރެކޯޑެއް

އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ 2024 ގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން އާޖެންޓީނާއި ކެނަޑާ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖެހިޖެހިގެން ދެވަނަ ފަ...

ފަސޭހަކަމާއެކު ޕެރަގުއޭ ބަލިކޮށް ބްރެޒިލް އިން ހަމަޖެހިލައިފި
29 Jun 2024 ކުޅިވަރު

ފަސޭހަކަމާއެކު ޕެރަގުއޭ ބަލިކޮށް ބްރެޒިލް އިން ހަމަޖެހިލައިފި

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި މިއަދު ހެނދުނު ބްރެޒިލް އާއި ޕެރަގުއޭ ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބްރެޒިލް އިން ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ. މުބާރާތުގަ...

ކެނަޑާ ބަލިކޮށް ޗެންޕިއަން އާޖެންޓީނާ އިން ފެށުން ރަނގަޅުކޮށްފި
21 Jun 2024 ކުޅިވަރު

ކެނަޑާ ބަލިކޮށް ޗެންޕިއަން އާޖެންޓީނާ އިން ފެށުން ރަނގަޅުކޮށްފި

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ރޭ ފަތިހު 2-0 ގެ ނަތީޖާއަކުން ކެނަޑާ ބަލިކޮށް ޗެންޕިއަން އާޖެންޓީނާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރ...