އިއްޒުއްދީން މަގުގައި ހުރި ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފާއި ފުލުހުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. ގުދަނުގައި ވަރަށް ބޮޑަށް ވަނީ ރޯވެފަ އެވެ.
ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ވީއައިއޭގައި ބޭނުންކުރާ ފަޔަރ ލޮރީވެސް ވަނީ ގެނެސްފައެވެ. އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ މ. ކައިރުގޭގައި ހަދާފައިވާ ގޯޑައުންއެއްގައި ކަމަށެވެ. އެތަނުގައި، ގަސްކާނާ އަދި ކެމިކަލް ބަހައްޓާފައި ހުރިކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި 4 ގެއަކުން މީހުން ހުސްކުރަން ޖެހުނުއިރު 16 މީހަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހުނުކަމަށް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީން ބުންޏެވެ. އެންޑީއެމްއޭއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގައި މީހަކަށް އަނިޔާވިކަމެއް އަދި ނޭނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް