ޔޫތް މިނިސްޓަރ މަހްލޫފްގެ ސަސްޕެންޝަން އުވާލައިފި
މަހްލޫފް ސަސްޕެންޑް ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ޚިޔާނާތުގެ ރިޕޯޓާއި ގުޅިގެންނެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާ އެކި މީހުންނަށް ބެހިކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސްލައްކަ ދިވެހި ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ވަނީ ބުނެފައެެވެ.
އެހެން ނަމަވެސް މަހްލޫފް ބުނެފައިވަނީ އެއީ އޭނާ އެސްއޯއެފް އާއި އެކު ހިންގެވި ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.
މަހްލޫފްގެ ސަސްޕެންޝަން އުވާލުމާއި ބެހޭގޮތުން ރައީސް އޮފީހުން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭސީސީ އާއި ފުލުހުން މެދުވެރިކޮށް އެއްވެސް މައްސަލައެއް ނެތް ކަން ޔަގީން ކުރެއްވުމަށް ފަހު އޭނާ އަށް އިތުބާރު ކުރައްވާ އަލުން ރަސްމީ މަސައްކަތައް ނެރެދެއްވި ކަމަށްޓަކައި ރައީސް ޞާލިހްގެ ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.
މަހްލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް