95 އިންސައްތަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިން: އެންޑީއެމްއޭ
ހެންވޭރުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަމަށް އެދުނު ފަރާތްތަކުގެ ތެރެއިން 95އިންސައްތަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާނެކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިހެން ބުނެފައިވަނީ ކުރި ޓްވީޓެއްގައެވެ.
އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެހީއަށް އެދި ރަޖިސްޓަރވުމަށް ގިނަ ފަރާތްތަކުން އިއްޔެ ރެޔާއި ހަމައަށްވެސް އައިސްފައިވާ ކަމަށެވެ.
އަދި މިހުރިހާ ފަރާތްތަކަކަށް ވެސް ވަގުތީ ހިޔާ ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ މިހާތަނަށް ރަޖިސްޓަރ ވެފައިވާ 95 އިން ސައްތަ ފަރާތްތަކަށް ވާނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖެހިފައިވާކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު ބައެއް ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދުމުގައި ދައުލަތުގެ އެހީތެރިކަން ނުލިބޭ މަދު މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް