ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ށ.ފޯކައިިދޫގައި ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މިތަން ގާއިމްކުރުމަށް ސޮއިކޮށްފައިވަނީ އެލް އެފް ކޮންސްޓްރަކްޝަންއާއި އެކުގައެވެ.
5.21 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 360ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫއު އަކީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއު އެކެވެ.
ފޯކައިދޫ ކައުންސިލުން މި މަޝްރޫއު ކުރިއަށްދާ ގޮތް ބަލަމުންދާނެއެވެ.
މި މަޝްރޫއުއަކީ އެރަށު ކައުންސިލުން ފޮރިން މިނިސްޓްރީއަށް ހުށައަޅައިގެން، އެ މިނިސްޓްރީ މެދުވެރިކޮށް އިންޑިޔާ ސަރުކާރުގެ އެހީ ހޯދައިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް